Last Updated: May 3, 20:26
Friday, May 3, 2024
ވިޔަފާރި

ތައި ޓްރެވެލް ފެއާގައި މަޓާޓޯއިން ބައިވެރިވެއްޖެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް މަޓާޓޯއިން ތައި އިންޓަރނޭޝަނަލް ޓްރެވެލް ފެއަރގައި ބައިވެރިވެއްޖެއެވެ.

މިފެއަރ ކުރިއަށްދާނީ ފެބްރުއަރީ 7، 2018 އިން ފެށިގެން ފެބްރުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތައި އިންޓަރނޭޝަނަލް ޓްރެވެލް ފެއަރ އަކީ، ތައި ޓްރެވެލް އެޖެންޓްސް އެސޯސިއޭޝަނާއި އެސޯސިއޭޝަން އޮފް ތައި އައުޓްބޯޑް ޓުއަރ އޮޕަރޭޓާސްއިން އިންތިޒާމްކޮށްގެން ބާއްވާ ފެއަރއެކެވެ.

ފެއަރ ކުރިއަށްދަނީ ކުއީން ސްރިކިޓް ނޭޝަނަލް ކޮންވެސްޝަން ސެންޓަރުގައި ކަމަށްވާއިރު މި ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 500 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާ ފެއަރއެކެވެ. އެގޮތުން މި ފެއަރގައި ދުނިޔޭގެ ފަތުރުވެރިކަމުގެ 35 މަންޒިލެއް ދައްކުވައިދޭނެއެވެ.

ރާއްޖޭގެ 10 ކުންފުންޏަކުން ފެއަރގައި ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ރިސޯޓްތަކާއި، ޓްރެވެލް އެޖެންޓުންނާއި ގެސްޓްހައުސްތަކާއި އެކު މަޓާޓޯ ދަނީ ރާއްޖެ ތަމްސީލްކުރަމުންނެވެ.

ބައި މިލިއަނަށްވުރެ ގިނަ މީހުން ފެއަރ ޒިޔާރަތްކުރާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ކޮންމެ މަހަކު އެއްފަހަރު މިފަދަ ފެއަރ ތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން އެންމެ ފަހުން ބައިވެރިވެފައިވަނީ ޖެނުއަރީ މަހު އިންޑިޔާގެ ދިއްލީގައި ބޭއްވި ސާޓޭ 2018 ގައި ބައިވެރިވެފައެވެ.