Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ޖެނުއަރީ މަހުގެ ގުރުނެގުން މިރޭ!

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކުރާ ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ އެންމެ ފަހު މަހުގެ ގުރުއަތުން ހޮވޭ ފަރާތްތައް މިރޭ އިއުލާންކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ސެޕްޓެމްބަރ 1، 2017 އިން ފެށިގެން ޖެނުއަރީ 31، 2018 ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ވަނީ ގުރުއަތުން ހޮވުނު 15 ފަރާތަކަށް ލެޕްޓޮޕް ހަވާލުކޮށްފައެވެ.

އެގޮތުން މި މަހަވެސް ގުރުއަތުން ހޮވޭ 15 މީހަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ދޭން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދިޔަ ކޮންމެ ދުވަހަކު ބޯނަސް އިނާމުތަކެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިޕްރޮމޯޝަންގް ގްރޭންޑް ޕައިޒްވެސް މިރޭ އިއުލާންކުރާނެއެވެ.

ބީއެޗްއެމްއިން ބުނީ، ޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާގެ އިނާމް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ ކަމަށްވާއިރު، ގުރުއަތު ނެގުން ރާއްޖެޓީވީން ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ 20:55 ގައެވެ.

މި ބޮޑު ޕްރޮމޯޝަންއަކީ ގިނަ ބައެއްގެ ބޮޑު ތަރުހީބާއި އެކު އެކުންފުނިން ކުރިއަށްގެންދިޔަ ކާމިޔާބު ޕްރޮމޯޝަނެއް ކަމަށް ބީއެޗްއެމްއިން ބުންޏެވެ.