Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ވެމްކޯ އަށް އައްޑޫން މުވައްޒަފުން ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އައްޑޫގައި ހިންގާ ސައުތު ރީނަޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް މުވައްޒަފުން ހޯފަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

މުވައްޒަފުން ހޯދަން އިއުލާންކޮށްފައި ވަނީ ހިތަދުއަށާއި ހުޅުމީދުއަށެވެ. އެ މަގާމުތަކަކީ ކޮބައިކަމާއި ޝަރުތުތަކާއި މުސާރައިގެ ތަފުސީލް ހިމެނޭ ދެ ލިސްޓް ތިރީގައި އެ ވަނީ އެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އިންޓަވިއު ކުރިއަށް ދާނީ ސައުތު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މައި އޮފީސް ހިތަދޫގައި ހިންގާ އެ އަވަށު ނިދާލްގަ އެވެ.

އިންޓަވިއު ކުރިއަށް ދާނީ ހެނދުނު 9:00-12:00 އަށް އަދި މެންދުރު ފަހު 1:00-4:00 އަށެވެ.