Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އިދިކޮޅު މެންބަރުންތަކެއް ހައްޔަރު ކުރާނެ ކަމުގެ އަޑުތަކެއް ފެތުރެނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި ސިފައިން ހަރަކާތެރިވަނީ.

އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މިރޭ ހައްޔަރު ކުރާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މިއަދުގެ ވަގުތެއްގައި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ފާރިސް މައުމޫން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެވެ.

ސޯޝަލް މީޑިޔާގައި އަޑު ފެތުރޭ ގޮތުގައި މިރޭ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދް މަހްލޫފް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރ އިލްހާމް އަހުމަދު އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާން ހައްޔަރު ކުރާނެއެވެ.

އިލްހާމް އާއި ސިނާން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމާއި އެކު ހައްޔަރު ކުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ 2 ބޭފުޅުން ދޫކޮށްލާފައެވެ.