Last Updated: June 12, 21:55
Friday, June 12, 2026
ޚަބަރު

ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި ބަންދުކޮށްފައިވާ މީހަކު ބަހައްޓަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައިކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް މާފުށީ ޖަލަކީ ވެސް ކަސްޓޯޑިއަލް ޖަލެއް ނޫން ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކޮށްފައިވަނީ މަޖްލިސް މެމްބަރުންނަށް ރިޝްވަތުދީ ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލަން ރޭވި ކަމުގެ ތުހުމަތުގައެވެ، މީގެ އިތުރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން އުޅުއްވުމުގެ ތުހުމަތުގައެވެ.

މައުމޫން ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.