ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.
ވައިޓް ހައުސްއިން ނެރުނު ނަރާނެއްގައި ބުނެފައިވަނީ ޓްރަމްޕް މޯދީއަށް ފޯނުން ގުޅުއްވައި އިންޑޯ- ޕެސިފިކްގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ.
އެމެރިކާ އާއި އިންޑިއާއިން ވަނީ ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި، ރާއްޖޭގައި އިއްލާން ކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް މި ދެ ގައުމުން ވަނީ ބުނެފައެވެ.