Last Updated: June 28, 04:10
Saturday, June 27, 2026
މުނިފޫހިފިލުވުން

"ޑެޑްޕޫލް 2" ގެ މުޅިން އާ ޓްރެއިލާއެއް

"ޑެޑްޕޫލް 2" ގެ މުޅިން އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މި ޓްރެއިލާ އިން ޖޮޝް ބްރޯލިންގެ ކެރެކްޓާ ކަމުގައިވާ 'ކޭބަލް' ގެ ފުރަތަމަ ލުކް ފެނިގެންދެއެވެ. "ޑެޑްޕޫލް 2" އަކީ 2016 ވަނަ އަހަރު ރިލީޒްކުރި މަޤްބޫލް އަދި ކާމިޔާބު ފިލްމް ކަމުގައިވާ "ޑެޑްޕޫލް" ގެ ދެވަނަ ބައެވެ.

ރެޓް ރީސް އާއި ޕޯލް ވާނިކް ލިޔުނު ސްކްރިޕްޓަކަށް ޑޭވިޑް ލީޗް ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ ރަޔާން ރޭނޯލްޑްސް އެވެ.

މީގެ އިތުރުން މި ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި މޮރޭނާ ބެކަރިން އާއި ޓީޖޭ މިލާ އާއި ލެސްލީ އަގަމްސް އާއި ބްރިއާނާ ހިލްޑެބްރޭންޑްގެ އިތުރުން ސްޓެފާން ކާޕިޗީޗް އާއި ޒެޒީ ބީޓްޒް އަދި ޖެކް ކެސީ ހިމެނެއެވެ.

"ޑެޑްޕޫލް 2" ރިލީޒް ކުރާނީ އަންނަ މެއި މަހުގެ 18 ގަ އެވެ.