Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ހޯދަނިކޮށް ޝިނާން އަމިއްލަ އަށް ފުލުހަށް ގޮސްފި

މެމްބަރ އަބްދުﷲ ސިނާން؛ ފޮޓޯ: އަވަސް

ފުލުހުން ހޯދަމުން ދިޔަ މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން މިއަދު އަމިއްލައަށް ފުލުސް އިދާރާއަށް ގޮސް، ފުލުހުންނާ ހަވާލު ވެއްޖެއެވެ.

ޝިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުވެސް ވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން ހޯދުމަށް އިއުލާންކޮށްފައެވެ.

މި ދެމެމްބަރުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތްތަނާ ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ދެ މެމްބަރުންގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ދެ މެމްބަރުންވެސް މިނިވަން ކޮށްފައެވެ.

ޝިނާން ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ މަޖިލީހުގެ ތެރެއިން ރިޝްވަތުގެ ފައިސާ ނަގައި، ގާނޫނީ ސަރުކާރު ވައްޓާލުމަށް ރާވާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރުމަށެވެ.

ޝިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާއިރު ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް ވީތަނެއް އަދި އެނގިފައެއް ނުވެއެވެ. މި ދެމެމްބަރުންނާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްވެސް ހައްޔަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޑު ފެތުރިފައި ވެއެވެ.