ރާއްޖޭގެ ސިޔާސީ މަސްރަހު ކަވަރު ކުރަމުން ދިޔަ ބޭރުގެ ދެ ނޫސްވެރިޔަކު ފުލުހުން ހައްޔަރުކޮށް، އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.
އިންޑިޔާގެ އެންޑީޓީވީން ބުނެފައިވަނީ ދިވެހި ފުލުހުން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ނޫސްވެރިޔަކާއި އިންޑިޔާގެ ނޫސްވެރިޔެއް ކަމަށެވެ. އަދި އެ ދެނޫސްވެރިން ހައްޔަރުކުރީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފުވާތީ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
ހައްޔަރު ކުރި ދެ ނޫސްވެރިންގެ ތެރެއިން އިންޑިޔާއަށް ނިސްބަތްވާ ނޫސްވެރިޔާއަކީ ފްރާންސުގެ އޭޖެންސް ފްރާންސް-ޕްރެސްގެ ނޫސްވެރިޔެކެވެ.
Two Indian reporters employed with AFP news agency arrested in #Maldives: ANI pic.twitter.com/Dp3OmVRuXe
— Times of India (@timesofindia) February 9, 2018
ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި ދެ ނޫސްވެރިން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށާއި އަދި ދެމީހުން ރާއްޖޭގައި ހަރަކާތްތެރި ވަނީ އިމިގްރޭޝަން ގާނޫނާއި ޚިލާފަށް ކަމަށް ބުނެފައިވެއެވެ.
މިމައްސަލަ އާ ގުޅިގެން ދިއްލީގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިޔާގެ ރައްޔިތަކު ރާއްޖޭގައި ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ރާއްޖެ އެމްބަސީއާ ގުޅައިގެން ހޯދަމުން އަންނަ ކަމަށެވެ.