Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

"އާ ކައިވެންޏަކަށް ބްރައިޑެއްހެން ސުޕްރީމް ކޯޓް ތައްޔާރު"

ރައީސުލްޖުމްހުރިއްޔާގެ މަގާމުން އަޒަލު ކުރުމަށް މަޖްލިސްގެ ތެރެއިން 57 ވޯޓު ހޯދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރެއްވި އިރު ސްޕްރީމް ކޯޓުވެސް އޮތީ ތައްޔާރުކޮށްފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި "މަގެ ދީނާއި މަގެ ގައުމު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާން ވެރިކަމާއި ހަވާލުވި ހިސާބުންވެސް ވެރިކަން ނިންމަން ބަޔަކު ކެނޑި ނޭޅި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން މޭއި ޑޭ މުޒާހަރާއާއި ލޯންޗު ގޮއްވާލުމަކީ އޭގެ އެއްބައި މަސައްކަތް ކަމަށެވެ. އަދި އެގޮތަށް އެކަން ކާމިޔާބު ނުވުމުން މަޖްލިސްގައި ތިއްބެވި ޕީޕީއެމް މެމްބަރުން ޕާޓީން ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހަމަ ކުރަން އުޅުނީ 57 ވޯޓު ކަމަށެވެ.

ރައީސް ވިދާޅުވީ ގާނޫނު އަސާސީ ބަލާލުމުންވެސް 57 ވޯޓު ހޯދަން ޖެހެނީ ކީއް ކުރަންތޯ ސާފުވާނެކަމަށެވެ. ނަމަވެސް މަޖްލިސްއިން އެފަދަ ވޯޓެއް ނެގި ނަމަވެސް ރައީސް މަގާމުން އަޒަލު ނުކުރެވޭނެކަމަށާއި ފަހު ބަސް ބުނަން ދާން ޖެހެނީ "އެއްކަލަ ސްޕްރީމް" ކޯޓަށް ކަމަށެވެ.

ނަމަވެސް މިހާރު މިއެނގިގެން ދަނީ ސްޕްރީމް ކޯޓު ދިޔައީ ފައްކާ ކުރަމުން ކަމަށެވެ. އެގޮތުން "އާ ކައިވެންޔަކަށް ބްރައިޑް ތައްޔާރު ކުރާ" ފަދައިން ސުޕުރީމް ކޯޓު އޮތީ ފައްކާކޮށްފައި ކަމަށެވެ.

ނަމަވެސް އެކަންކަންވެސް ނާކާމިޔާބު ވެގެން ހިގަނޖެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެ ސިކުނޑި ހަމަޖެހޭތޯ ރައްޔިތުން ބަލަންޖެހޭކަމަށް ވިދާޅުވެފައެވެ.