Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ރާއްޖެއަކީ މާއްްދިއްޔަތަށް ގޮސް ހުސްވެފައިވާ ތަނެއް: ރައީސް

ދިވެހި ރާއްޖެއަކީ މާއްދިއްޔަތަށް ހުސްވެފައިވާ ތަނެއްކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"މަގެ ދީނާ މަގެ ގައުމު" ނަމުގެ ރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސުޕުރީމް ކޯޓު އަމުރުގައި ރިޔާސީ ލޯންޗު ގޮއްވާލަން އުޅުއްވި އަހުމަދު އަދީބު ދޫކޮށްލަން އޮތް ކަމަށާއި އަމުރާ އެކު އަދީބް މިނިވަން ކުރަން ލޯންޗަށް އެރުވި ކަމަށެވެ.

ނަމަވެސް އަދީބަކީ ދިވެހި ގައުމަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި އަދީބްގެ އަތުގައި 150 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރިކަމަށް އޮޑިޓަރ ޖެނެރަލް އާއި އޭސީސީ އަދި ރައީސް ބުނަމުން އަންނަ ކަމަށެވެ.

އެފައިސާ ނުލިބިވާއިރު އަދީބު ދޫވެއްޖެނަމަ ދެންވާނެ ގޮތް ވިސްނަވާލެއްވުމަށް ރައީސް ވިދާޅުވިއެވެ.

"މިހާރުވެސް 150 މިލިއަން ޑޮލަރު ވަނީ ގެއްލިފައި، އެމީހަކު ދެއްކިއްޔާ އެފެންނާނީ، ދިވެހި ރާއްޖެއަކީ މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ތަނެއް، އަޅުގަނޑުމެންނަށް ފެންނާނީ އެފައިސާ މި ދެންނެވި ފަދަ ކަންކަމަށް ބޭނުން ހިފާތަން"

ރައީސް ވިދާޅުވީ އަދީބް ލޯންޗަށް އެރުވި ފަހުންވެސް ސަލާމަތީ ބާރުތަކަށް އެމަނިކުފާނަކީ ބަންދުކޮށް "ކޮއްޓެއްގައި" ހުންނަވަން ޖެހޭ މީހެއްކަން އެނގިގެން އަލުން ބަންދުކޮށްފައިވާ ކަމަށެވެ.