އަންނަ މަހު އައްޑޫގައި ފަށާ ކެބިން ކްރޫ ފައުންޑޭޝަން ލެވެލް ކޯހަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ކެބިން ކްރޫ އެކެޑެމީ (ޑީސީސީއޭ) އިން ބާއްވާ ކޯސް ކުރިއަށް ދާނީ އަންނަ މަހުގެ 1-10 އަށެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ކޯހުގައި ބައިވެރިވާން 5،200ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ކޯހާ ބެހޭ އިތުރު މައުލޫމާތު 7983659 އަދި 9958800 އަށް ގުޅައިގެން ހޯދޭނެ އެވެ.
ޑީސީސީއޭއަކީ މީގެ ކުރިން ވެސް އައްޑޫގައި ކެބިން ކްރޫން ތަމްރީނު ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާފައިވާ އެކެޑެމީއެކެވެ.