ޚަބަރު

ރާއްޖޭގެ މައްސަލައިގެ ތެރެއަށް ނުވަންނާނަން: ޕާކިސްތާން

ސުޕުރީމް ކޯޓުގެ އަމުރާއި ގުޅިގެން ރާއްޖޭގައި ކަންކަން ކުރިއަށްދަނީ ރަނގަޅަށް ނޫންކަމަށާއި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާން ނޫސްތަކުގައި އެގައުމުގެ ސަރުކާރާއި ހަވާލާދީ ބުނެފައިވަނީ ރާއްޖޭގެ މައްސަލަތަކާ ގުޅިގެން އދ. ގެ މިންގަނޑުތަކަށް ފުރިހަމައަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް ރާއްޖެ އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ.

ސުޕުރީމް ކޯޓުގެ އަމުރާއި ގުޅިގެން ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމް ޕާކިސްތާނަށް ވަޑައިގެންފައެވެ.

2007 ވަނަ އަހަރު އެގައުމުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ސުޕުރީމް ކޯޓުން ނެރުނު އަމުރަށް ބޯނުލަނބައި އެގައުމު ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހިންގި ކަންކަމާ ވެސް ދެކޮޅު ކަން ފާހަގަކުރައްވައި، ރާއްޖޭގައި އެފަދަ ހާލަތެއް މެދުވެރިވުމުން ތާއީދުކުރައްވާނީ ކިހިނެއްތޯ ބޮޑުވަޒީރު ޝާހިދު ޚައްގާން އައްބާސީ ސުވާލު ކުރެއްވި ކަމަށް ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައިވެ އެވެ.

ޕާކިސްތާނަށް ފޮރިން މިނިސްޓަރ ކުރެއްވި ދަތުރުފުޅާއި ގުޅޭ ގޮތުން ސަރުކާރުން އަދި އެއްވެސް ވާހަކައެއް ނުދައްކަވައެވެ.