މުނިފޫހިފިލުވުން

"ވެނަމް" ގެ ޓީޒާ ދައްކާލައިފި

"ސްޕައިޑާމޭން" ފިލްމުން ތަޢާރަފުވެގެން ދިޔަ ކެރެކްޓާ ސިމްބައޯޓްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ވެނަމް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމްގެ ލީޑް ރޯލް އަދާކޮށްފައި ވަނީ ޓޯމް ހާޑީ އެވެ. ފިލްމްގައި ޓޮމް ފެނިގެންދަނީ އެންޓި-ހީރޯ އެއް ކަމުގައިވާ އެޑީ ބްރޮކްގެ ކެރެކްޓާއިންނެވެ. އެޑީ ބްރޮކްގެ ހަށިގަނޑުގެ ތެރެއަށް އޭލިއަން ސިމްބައޯޓް ވަނުމުގެ ސަބަބުން އޭނާ އަށް އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވެއެވެ.

އެ ޓީޒާ އިން ފިލްމްގެ ޓައިޓަލް ކެރެކްޓާ ކަމުގައިވާ "ވެނަމް" ނުފެނެއެވެ. ވެނަމް އަކީ ފިލްމްގެ ސުޕާ-ވިލަން އެވެ.

ސިމްބައޯޓްގެ ކެރެކްޓާ އެންމެ ފުރަތަމަ ތަޢާރަފްވެގެންދިޔައީ މީގެ 10 އަހަރު ކުރިން ރިލީޒް ކުރި ފިލްމް "ސްޕައިޑާމޭން 3" އިންނެވެ.

ރޫބެން ފްލައިޝާ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު، 5، 2018 ގަ އެވެ.