Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ޖަމީލް، މަލީހް އަދި އަމީން ޖޭޕީއާ ގުޅިއްޖެ

ޖަމީލް، އަމީން އަދި މަލީހް ޖޭޕީއަށް ސޮއި ކުރި ހަފްލާގެތެރެއިން، ފޮޓޯ: މިހާރު

މި ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް އަހުމަދު ޖަމީލް އަހުމަދު އާއި ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް އާއި ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީން ޖުމްހުރީ ޕާޓީ އާއި ގުޅިއްޖެއެވެ.

ޖަމީލް، މަލީހް، އަދި އަމީން ޖުމްހުރީ ޕާޓީއަށް ސޮއިކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ޖަރުމަނުގައެވެ.

ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބްގެ ކެމްޕެއިންގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ ތެރޭގައި އަމީން އާއި މަލީހް ހިމެނިވަޑައިގަންނަވައެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ޖަމީލް އަކީ އިދިކޮޅު އިއްތިހާދުގައި އިސް ބައިވެރިއެކެވެ. މީގެ ކުރިން ޑރ. ޖަމީލް އިއްތިހާދުގައި ހަރަކާތްތެރިވީ ފަރުދީ ހައިސިއްޔަތުންނެވެ.