ގްލޯބަލް ލިންކްސް އިން އިންތިޒާމް ކޮށްގެން ބޭއްވި ގްލޯބަލް ލިންކްސް ޗެލެންޖް 2013ގެ ޗެމްޕިއަންކަން މަލްޓީ ޖީނިއަސް އިން ހޯދައިފި އެވެ.
އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު އެމްސީ ޔުނައިޓެޑް އާއި ވާދަކޮށް މަލްޓީ ޖީނިއަސް މޮޅުވީ 2-1 ލަނޑުންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗްބަލަން ހާޒިރުވި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނިޓްގައި ކާމިޔާބް ކޮށްދިނީ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މިފްޒާލް ލަޠީފްއެވެ.
ނަމަވެސް މެޗްގެ 48 ވަނަ މިިނިޓްގައި އެމްސީ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 21 އަޙްމަދު އަޤީލް ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
މެޗުގެ 55 ވަނަ މިނިޓްގައި މަލްޓި ޖީނިއަސްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޖާޒީ ނަންބަރު 16 މުޙުތާރުނަސީރު (ޓޫކިލޯ) ޖެހި ލަނޑެއްޖަހައި މަލްޓީ ޖީނިއަސް އަށް ލީޑު ނަގައިދިނެވެ.
މި މެޗްގައި މަލްޓީ ޖީނިއަސްގެ ޖޯޒީ ނަންބަރު 13 އަހުމަދު ޝާފިއު(ޝާޓީ)އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މެޗަށް ފަހު މުބާރަތުެ މަގަމުތަކަށް ހޮވުނު ފަރާތްތަކަށް މެޑަލާއި ޓޮރޮފީ ވަނީ ހަވާލުކޮށްފައެވެ.
ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މަލްޓިޖީނިއަސްގެ ޖާޒީ ނަންބަރު 14 އަސްއަދު އަބުދުލް ޢަނީ އެވެ. މުބާރާތުުގެ އެންމެ މޮޅު ކުޅުންތެރި އަކަށް ހޮވިފައިވަނީ އެމްސީ ޔުނައިޓެޑްގެ ޖާޒީނަމްބަރު 12 ތާހާ މުހައްމަދު އެވެ.
އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ ދި ފޭދޫގެ ޖާޒީ ނަންބަރު 1 ހުސެއިން ރަޝީދުއެވެ.
މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ އެމްސީ ޔުނައިޓެޑްގެ ޖާޒީނަމްބަރު 4 ހަސަން އަސްއަދުއެވެ. . އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަފޭދޫ ޖާޒީ ނަންބަރު 10 އިބްރާހިމް މުޙައްމަދު ދީދީއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވިފައިވަނީ މަލްޓި ޖީނިއަސްގެ ޖާޒީ ނަންބަރު 19 މިފްޒާލް ލަތީފްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްސީ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 10 މުޙައްމަދު އިންޝަލް އެވެ. މި މުބާރާތުގެ ފެއާރ ޕްލޭއި ކުޅުންތެރިއަކަށް ހޮވިފައިވަނީ މަލްޓިޖީނިއަސްގެ ޖާޒީ ނަންބަރު 10 އަޙްމަދު އިބްރާޙިމް އެވެ.މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ދަފޭދޫގެ ޖާޒީ ނަންބަރު 7 ހަސަން ޝިއުސް(ބުއްލީ) އެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ޑިޕިއުޓީ މިނިސްޓަރ ހިއުމަންރިސޯސަސް ޔޫތު އެންޑް ސްޕޯރޓްސް ގެ އިތުރުން ގްލޯބަލް ލިންކްސްގެ ޗެއަރމަން/މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޖުނައިދު އާއި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ އިއްޒައްތެރި މެމްބަރު އަލީ ސަލީމް އާއި ދި އެފްއެމްގެ ސީއީއޯ މަސްއޫދު ޙިލްމީ އާއި އައްޑޫ ސިޓީގެ މޭޔަރު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގްލޯބަލް ލިންކްސް އިން މި އަހަރުގެ ފަހުކޮޅުގައި ދެކުނުގެ ތިން އަތޮޅު ،ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑުއަށް ހުޅުވާލައިގެން މިއަށްވުރެ ބޮޑުމުބާރާތެއް ބާއްވާނެކަމަށް ވަނީ އިޢްލާން ކޮށްފައެވެ