Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އެމްޑީޕީގެ ޔޫތު ލީޑަރާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ސުޕުރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މިއަދު އެމްޑީޕީ ޔޫތު ވިންގުން ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ކަންމަތިން މުޒާހަރާ ފެށުމާއިއެކު ކުޑައިރު ކޮޅެއްގެ ތެރޭގައި އެސްއޯ ފުލުހުން ވަނީ މުޒާހަރާތެރެއަށް ވަދެ ހުއްޓުވާފައެވެ. އަދި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއީލު ނަސީމާއި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ސަަފާތުގެ އިތުރުން އިތުރު ތިން ޒުވާނަކު ވަނީ ހައްޔަޔުކޮށްގެން ފުލުހުންގެ ވެހިކަލްގައި ގެންގޮސްފައެވެ.

ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހު ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.