Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އަލީ ހަމީދުގެ އަނބިކަބަލުންގެ މައްޗަށް ރިޝްވަތާއި ޓެރަރިޒަމްގެ ތުހުމަތު!

ކުއްލި ހާލަތު އިއްލާންކޮށް ހައްޔަރުކޮށްފައިވާ ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަބަލުން ސ.ހުޅުދޫ، ކާމިނީގެ، ފާޠިމަތު ނާސިރާގެ މައްޗަށް ރިޝްވަތާއި ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

ނާސިރާ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ނާސިރާގެ އިތުރުން އަލީ ހަމީދުގެ ކޮއްކޮއަކާއި އެކު އާއިލީ ތިން މީހަލު ވަނީ ހައްޔަރުކޮށްފައެވެ.

ނާސިރާގެ މައްޗަށް ކުރާ ތުހުމަތުގެ ތެރޭގައި ޓެރަރިޒަމާއި ރިޝްވަތުގެ ކުށުގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށެވެ.

ނާސިރާގެ މައްޗަށް މިތުހުމަތު ކުރާއިރު ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އަލީ ހަމީދުގެ މައްޗަށް ކުރާ ތުހުމަތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުމާއި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތު ހިމެނެއެވެ.

ފުލުހުން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު އަލީ ހަމީދު އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އާއިލީ ބަޔަކު ފްލެޓް ގަނެފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.