ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފި އެވެ.
އުމަރު އާއި ޖަމީލް ޕޮލިޓިކަލް އެޑްވައިޒަރުންނަށް ހަމަޖެއްސިކަން ގާސިމް ވަނީ ރޭ ވިލާ ޓީވީން ގެނެސް ދިން ލައިވް ޕްރޮގްރާމެއްގައި އިއްލާންކޮށްފަ އެވެ.
ގާސިމް މިފަދައިން އިއުލާން ކުރެއްވި އިރު މި މަހުގެ 2 ވަނަ ދުވަހު ޑރ. ޖަމީލް ވަނީ އޭނާގެ ޓީމާ އެކު ޖޭޕީ އަށް ސޮއިކޮށްފަ އެވެ.
އުމަރު ޖޭޕީއާ ގުޅުނީ މިދިޔަ ޑިސެމްބަރު މަހު 14 ވަނަ ދުވަހު އެވެ.