އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަދި ލެސްޓާ ބައްދަލުކުރި މެޗު 1-5 އިން ސިޓީ ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި ސިޓީގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރީ އެޓީމުގެ ރެކޯޑު ޓޮޕް ސްކޯރާ އަގުއޭރޯއެވެ.
މެޗުގެ ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި ޖަހައި ލީޑު ނަގައި ދިނީ ރަހީމް ސްޓާލިންގއެވެ. އޭނާގެ ލަނޑަށްފަހު ލެސްޓާ އިން ވަނީ 24 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާ ދީފައިވަނީ ޖޭމީ ވާޑީއެވެ.
މެޗުގެ ފުރަތަމަ ހާފު ދެޓީމު އެއްވަރުވެގެން ނިމިފައިވި ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ އަގުއޭރޯ ވަނީ ސިޓީއަށް އަނބުރާ ލީޑު ނަގާދީފައެވެ. އޭގެ ފަހުން ލެސްޓާގެ ބައިވެރިވުން މެޗުގައި ވަނީ ދަށް ވެފައެވެ.
ނަތީޖާއެއްގެ ގޮތުން އަގުއޭރޯ ވަނީ ފަސޭހަކަމާއެކު އިތުރު ތިން ލަނޑު ޖަހާފައެވެ. 53 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖެހުމަށްފަހު ހެޓްރިކް ހެދީ 77 ވަނަ މިނެޓުގައި ޖެހި ލަނޑަކުންނެވެ. ހަތަރު ވަނަ ގޯލު ޖަހާފައިވަނީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ.