Last Updated: May 3, 17:51
Friday, May 3, 2024
ޚަބަރު

މައުމޫނާ ބައްދަލު ނުކުރެވޭ ގޮތަށް ހަދަައިފި

ފޮޓޯ: މިހާރު

ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މުއްދަތެއް ނެތް ގޮތަށް ބައްދަލު ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

ގާނޫނީ ވަކީލުންނާއި އާއިލާގެ މެމްބަރުން ވެސް މައުމޫނާ ބައްދަލު ނުކުރެވޭނެ ކަމަށް ސަރުކާރުން އެންގީ މިއަދު އެވެ.

ރައީސް މައުމޫންހެ ހައްގުތައް ހިފަހައްޓާފައިވާކަން އެ މަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވެސް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ މައުމޫނާ ބައްދަލު ކުރެއްވުމަށް އާދީއްތަ ދުވަހު ކަރެކްޝަންގައި އެދުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ބައްދަލު ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވާތާ، މާދަމާ އަށް ހަފުތާއެއް ވާނެ އެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނަަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހިމެނެ އެވެ.