Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ރައީސް ޔާމީން އަޒުލް ކުރަން ވޯޓެއް ނެގި: ސަރުކާރު

ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒަލު ކުރުމަށް ސުޕްރީމް ކޯޓުން ވޯޓެއް ނެގިކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސު އޮފީހުން މިހާރު ނެރެމުން އަންނަ އިނގިރޭސި ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ރައީސް އަޒަލު ކުރުމަށް ފެބްރުއަރީ، 3، 2018 ވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުގައި ވޯޓަށް އެހި ކަމަށެވެ.

އެ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އެ މައްސަލަ ތާވަލް ކުރީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެންޗްގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ވޯޓް ދީގެން ވަނީ ބޭރުކޮށްފައި ކަމަށެވެ.

ސިޔާސީ ނުވަ ގައިދީއަކު މިނިވަން ކުރުމަށާއި މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކޮށް ކުއްލި ހާލަތު އިއްލާންކޮށް، އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ބޮޑެތި ރިޝްވަތުގެ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.