Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މުސްތަފާ ފުލުހަށް ހާޒިރުވާން އަންގައިފި

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކި ކަމަށް މުސްތަފާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ.

މި މައްސަލާގައި މީގެ ކުރިންވެސް މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާއިރު، މުސްތަފާ ވިދާޅުވީ މި މައްސަލައަކީ ތަހުޤީގު ނުކުރަން ނިންމާފައިވާ މައްސަލައެއް ކަމަށް ރައީސް ޔާމީން އަންގާފައިވާ މައްސަލައެއް ކަމަށެވެ.