އެމްޑީޕީގެ ގެސްޓް ހައުސް އިފުތިތާހުކޮށް ދެެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ލ. ގަމަށް ފުރާވަޑައިގަންނަވައިފި އެވެ.
ގަމުގައި މިއަދު ހަވީރު 4:00 ގެ ފަހުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ގެސްޓް ހައުސް ވިޔާފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު ގައުމީ ފެންވަރުގައި އިފްތިތާހްކޮށް ދެއްވާ ވަގުތާ އެކުއެކީ ރާއްޖޭގެ އެހެން 20 ސަރަހައްދެއްގައި ވެސް މި ސިޔާސަތު އިފްތިތާހު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ގަމުގެ އިތުރުން މިއަދު ހަވީރު މި ޙަފްލާ ބާއްވާ ސަރަހައްދުތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފުލިދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލެ އެވެ.
ރައީސް ނަޝީދު ގަމުގަ ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވާ ވަގުތާ އެކުއެކީ އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާހުކޮށް ދެއްވާނީ އެ މަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަޝީޕުގެ ބޭފުޅުންނެވެ.