Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

ދިރާގުގެ ހިއްސާގެ ފައިދާ 897 މިލިއަނަށް ވުރެ މައްޗަށް

މިދިޔަ އަހަރު ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގަށް ލިބުނު ހިއްސާގެ ޖުމަލް ފާއިދާ އާންމުކޮށްފި އެވެ.

އެގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2017 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފާއިދާގެ ގޮތުގައި 897،560،000 (އަށް ސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ލިބިފައިވާ ކަން ހާމަކޮށްފަ އެވެ.

މިއީ ހިއްސާއަކަށް 11.81ރުފިޔާ ކަމަށްވާއިރު ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ފާސްކުރަން ހުށަހަޅަން ވަނީ ނިންމާފައެވެ.

2017 ވވަނަ އަހަރުގެ ހިއްސާގެ ޖުމްލަ ފާއިދާ ބެހިފައިވަނީ ދެ ބަޔަކަށް ކަމަށާއި އެއީ ހިއްސާއަކަށް 5.96 ރުފިޔާ (ޖުމްލަ 452،960،000 ރުފިޔާ)ގެ ގޮތުގައި 2017 ވަނަ އަހަރު ބެހުނު އިންޓަރިމް ޑިވިޑެންޑް އަދި ހިއްސާއަކަށް 5.85 ރުފިޔާ (ޖުމްލަ 444،600،000 ރުފިޔާ)ގެ ގޮތުގައި ކަނޑައެޅުމަށް ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާތއަށް ހުށަހަޅާ 2017 ވަނަ އަހަރުގެ ފައިނަލް ޑިވެޑެންޑްގެ މައްޗަށެވެ.

2017 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޜްގެ ގޮތުގައި އަހަރީ އާންމު ޖަލްސާ ހިއްސާދާރުން ކަނޑައަޅާ ފާއިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާއ އިއުލާންކުރާ "ބުކް ކްލޯޝަރ ޑޭޓް" ގައި ކުންފުނީގައި ރަޖިސްޓަރގައިވާ ހިއްސާރުންގެ މެދުގައި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.