Last Updated: April 20, 14:10
Saturday, April 20, 2024
ވިޔަފާރި

އެސްޓީއޯ ޗޮކްލެޓް ފެސްޓު ފަށައިފި

އެސްޓީއޯ ސުޕަމާރޓް އިން ޗޮކްލެޓް ފެސްޓުގެ ނަމުގައި ޕޮރޮޮމޯޝަނެއް ފަށައިފިއެވެ.

ފެބުރުއަރީ 11 އިން 17 އަަށް އެސްޓީއޯ ސުޕަމާޓްގައި ކުރިޔަށް ގެންދާ މިޕޮރޮމޯޝަންގައި ތަފާތު ބްރޭންޑްތަކުގެ ޗޮކްލެޓުން ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން މިމުއްދަތުގައި -/250 ރުފިޔާއަށްވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރައްވާ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމުތަކަކާއެކު ލަކީޑްރޯއެއް ކުރިޔަށްދާނެއެވެ.

މިލަކީޑްރޯގެ ދަށުން 3 ފަރާތަކަށް ޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭގޮތަށް ގިފްޓްޕެކްތަކެއް ލިބިގެންދާނެއެވެ.

އަދި މި ޕްރޮމޯޝަންގެ ތެރެއިން ތަފާތު ވައްތަރުގެ ޗޮކުލެޓްގެ ރަހަ ބަލަން ބޭނުންވާ ފަރާތްތަކަށް، ޕްރޮމޯޝަންގެ ތެރެއިން އެކި ގަޑި ތަކުގައި އެފުރުސަތުވެސް ހުޅުވައިލެވިފައިވާނެ ކަމަށް އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ހަމައެކަނި ޗޮކްލެޓް ފެސްޓަށް ހާއްސަކޮށްގެ އަލަށް ނެރޭ އެތަށް ވައްތަރެއްގެ ޗޮކްލެޓް ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދަނީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ޗޮކްލެޓު އެތެރެކޮށް ވިއްކާ މިފަހަރުގެ ޗޮކްލެޓް ފެސްޓުގެ ޕާޓްނާސް ކަމުގައިވާ ވީބީ، ޔޫރޯ، ސީންކޯގެ ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއިއެއްކޮށެވެ.