ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނު ފައިސަލް އާދަމް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ
ފައިސަލްގެ ގާނޫނީ ވަކީލް ހުސެއިން ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ އިރު އޭނާ އާއި ބައްދަލު ކުރެވޭ ގޮތް ނުވާކަމަށެވެ.
ފައިސަލް އަކީ ޑީޖޭއޭގެ ފަރާތުން މީޑިއާއަށް މައުލޫމާތުދީ ސުޕުރީމް ކޯޓު އަދި ޑީޖޭއޭގެ ސޯޝަލް މީޑިއާ ބަލަހައްޓާ ފަރާތެވެ.