ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުއަށް ނިސްބަތްވާ ދަބަހަކުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހުން 215000 ޑޮލަރާއި، 150،000 ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ގިނަ ކަންކަން އަލީ ހަމީދުގެ އާއިލާއަށް ލިބިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
މީގެ އިތުރުންވެސް ރިޝްވަތުގެ ފައިސާއިން ފްލެޓްގައިފައިވާކަން ފުލުހުންގެ ތަހްގީގަށް އެނގިފައިވާ އިރު 2.4 މިލިއަން ޑޮލަރު ބޮޑު ވިޔަފާރިވެރިއަކު ވަނީ ލޯނެއްގެ ގޮތުގައި އަލީ ހަމީދަށް ދީފައެވެ.
ޝިފާން ވިދާޅުވީ އަލީ ހަމީދުގެ އަނބިކަބަލުންވެސް މިތަހްގީގަށް މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.