އެންދެރިމާގެއިން ބަޔަކު ނެރެގެން ގެންދިޔަ ކަޅު ފޮއްޓެއް ފުލުހުން ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިރޭ ވިދާޅުވީ މ. އެންދެރިމާގެއިން ބަޔަކު ނެރެގެން ގެންދިޔަ ކަޅު ފޮއްޓެއް ފުލުހުން ހޯދާފައިވާ ކަމަށާއި ޝަރިއަތަށް ނުފޫޒު ފޯރުވުމަށް އަހުމަދު ފާރިސް މައުމޫން ކުރައްވާފައިވާ މަސައްކަތް މި ފޮށިން ފެނުނު ލިޔެކިއުންތަކުން އެނގޭކަމަށެވެ.
ފުލުހުން ބުނީ ކަޅު ފޮށި ފެނިފައިވަނީ ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ އަދި މިހާރު ބަންދުގައި ހުރި ނަޖްމާގެ ބަލައި ފާސް ކުރުމުގައި ކަމަށެވެ.
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ފާރިސް އާއި އަބްދުﷲ ސިނާން އަދި ޑީޖޭއޭގެ ވެރިޔާ ހަސަން ސައިދު ފުލުހުން ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.