Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އިންޑިއާ އިން ދަތިކޮށްފި ނަމަ ގެއްލުން ވާނީ ރައްޔިތުންނަށް: އަހުމަދު

ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅިއަސް ބޭނުންވާ މަގްސަދި ހާސިލެއް ނުކުރެވޭނެކަމަށާއި ގެއްލުންވާނީ ދިވެހި ރައްޔިތުންނަށްކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ޓިރިބިއުން އިންޑިއާ"އަށް އަހުމަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއިން ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. ނަމަވެސް އަޅާ ފިޔަވަޅަކުން ބޭނުންވާ މަގްސަދު ހާސިލް ވުމުގެ ބަދަލުގައި ގެއްލުންވާނީ ރައްޔިތުންނަށް ކަމަށެވެ.

އަހުމަދު މިފަދައިން ވިދާޅުވެފައިވާ އިރު އިންޑިއާއިން ދަނީ ރާއްޖޭގެ މަސްރަހާއި ގުޅޭ ގޮތުން އަމަލު ކުރާނެ ގޮތަކާއި މެދު އެހެން ގައުމު ތަކާއި އެކު މަޝްވަރާ ކުރަމުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކަށް އެގައުމުގެ ސަރުކާރުގެ އިސްފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖޭގެ ކަންކަމާއި މެދު އަވަހަށް ގޮތެއް ނިންމުމަށް ގޮވާލަމުންނެވެ.

އެގޮތުން ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވަމުން އަންނަ މައްސަލައަށް ވަނީ އަލި އަޅުވާލާފައެވެ.

އިންޑިއާއިން މިހާރުވެސް ވަނީ ދިވެހިންނަށް އެގައުމުން ޑިޕެންޑެންޓް ވިސާ ދިނުން މަޑު ޖައްސާލާފައެވެ.