ޑިޕާޓްމަންޓް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
ފައިސަލް ދޫކޮށްލާފައިވަނީ އިއްޔެ ހަވީރު ހައްޔަރުކުރި ގޮތަށް ބައެއް ސުވާލު ކުރުމަށްފަހު ރޭގެ ފަތިހުގެ ވަގުތެއްގައެވެ.
ފައިސަލްގެ ވަކީލް ހުސެއިން ޝަމީމު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލްއާއި ބައްދަލު ކުރެވޭ ގޮތް ފުލުހުން ފަހިކޮށްދީފައި ނުވާކަމަށެވެ. ފައިސަލް ހައްޔަރު ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުގައި 4 މީހަކު ހައްޔަރުކޮށް 30 މީހަކާއި ސުވާލުކޮށް 10 ތަނެއް ވަނީ ފާސްކޮށްފައެވެ.