ރަޝިޔާގެ ވެރިރަށް މޮސްކޯ ކައިރިއަށް ރަޝިޔަން އެއަރލައިންސްގެ މަތިންދާ ބޯޓެއް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކު މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައސް ޔާމީންގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެ، ރަޝިޔާގެ ރައީސަށް ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އަދި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއަށާއި، ރަޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.