މިމަހުގެ 16 ވަނަ ދުވަހު މާލެ އަރައި "ޖަރީމާ" ހިންގާ ހުރިހާ ރައްޔިތުން ހައްޔަރު ކުރެވޭނެ ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖައްސާފައިވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން މާލެ އައުމަށް ގޮވާލި ގޮވާލުމަށް އިޖާބަ ނުދިނުމަށް އާރިފް ވަނީ ގޮވާލާފައެވެ.
ހުރިހާ ރައްޔިތުން އެއްކޮށް ޖަލަށް ނުލެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ހަމަނުޖެހުން ނަގާލުމަށް އަރާ ހުރިހާ އެންމެން ޖަލަށް ލާނެ ކަމަށް އޭނާ ވަނީ މިރޭ ޕީޕީއެމުން ބާއްވާ ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން މި އެއްވުމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަނޑު މަގުން މާލެ އަންނަ ފަރާތްތައް ގޮވައިގެން އަންނަ ބޯޓުތަކުގެ ކެޕްޓަނުންގެ ފޯނު ކޯލުތައް އަޑު އެހޭނެ ކަމަށްވެސް އަލީ އާރިފް ވަނީ މި ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފައެވެ.