Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އެއްވުން ނުހުއްޓުވޭނެ، ކުރިއަށްދާނީ ގާނޫނީ އިމުގެ ތެރެއިން: އިދިކޮޅު ޕާޓީތައް

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބޮޑު އެއްވުން ފުލުހުންނާއި ސިފައިންނަށް ނުހުއްޓުވޭނެ ކަމަށާއި އެއްވުން ކުރިއަށްދާނީ ގާނޫނީ އިމުގެ ތެރެއިންކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ފުލުހުންނާއި ސިފައިން އެކުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އަންނަ ހުކުރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުން ބޭއްވިޔަ ނުދޭނެކަމަށް ބުނެފައިވަނިކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސް ކޮންފަރެންސްގައި ޕާޓީ ތަކުން ބުނީ އެއްވުމުގައި ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ނުހިނގާނެކަމަށެވެ.

އިދިކޮޅު ނޫސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު ވިދާޅުވީ ސިފައިންނާއި ފުލުހުން ތިބެން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅޭނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ވީހާވެސް ގިނަ ބަޔަކު ހުކުރު ދުވަހު މާލެ އައުމަށް ގޮވާލާފައެވެ.

ހުކުރު ދުވަހުގެ އެއްވުމާއި ގުޅިގެން ފުލުހުން އަދި ސިފައިން ބުނެފައިވަނީ ރަށްރަށުން މާލެ އައުމަށް ގޮވާލާ ގޮވާލުމަށް އިޖާބަ ނުދިނުމަށެވެ.

މި އެއްވުމާއި ގުޅިގެން ވެރިކަން ކުރާ ޕީޕީއެމްއިންވެސް ރަށްރަށުން އަންނަ މީހުން ޖަލަށް ދާން ޖެހޭނެކަމަށް ބުނެ އިންޒާރު ދީފައެވެ.