Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ލިންކްރޯޑުގައި ބައިސްކަލަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ، ލިންކް ރޯޑުގައި ބައިސްކަލަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި 2 މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންނެވެ.

ހިތަދޫ ހޮސްޕިޓަލު ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބު ވިދާޅުވި ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި 2 މީހުންގެ ތެރެއިން ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތަށް ބަލާއިރު އޭނާގެ ހާލު ސްޓޭބަލް ކަމަށް ނަޖީބު ވިދާޅުވިއެވެ.

އަދި އެކްސިޑެންޓްގައި ބައިސްކަލް ދުއްވަން އިން މީހާގެ ގައިގެ ބައެއް ތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް އޭނާއަށް ލިބިފައި ނުވާކަމަށް ނަޖީބު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ….