ސުޕުރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށްގެންދާ އެއްވުން ހިނގަމުން ދިޔަ ސަރަހައްދަށް ޗައިނާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު ވަޑައިގެން ބައްލަވާލައްވައިފިއެވެ.
ޗައިނާގެ ސަފީރު ޒަންގް ލިޒޯންގް ވަނީ ރޭ އެއްވުން ހިނގަމުން ދިޔަ ތަނުގައި ގާތްގަޑަކަށް 15 ވަނަރަކަށް މިނިޓް މަޑުކޮށް ފޮޓޯ ނަންގަވާފައެވެ.
މިއީ ރާއްޖޭގައި ހުންނަވާ ސަފީރު މިފަދަގޮތަކަށް އަމިއްލައަށް މަންޒަރު ބައްލަވާލައްވައި ފޮޓޯ ނެންގެވި ފުރަތަމަ ފަހަރެވެ.
ޗައިނާ ސަފީރު މިފަދައިން އަމަލު ކުރައްވާފައިވާ އިރު ރާއްޖޭގެ ކަންކަން އަމިއްލައަށް ނިންމުމުގެ ގާބިލްކަން ހުރިކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ރާއްޖެ އައުމަށް ސަމާލުވުމަށް އެގައުމުން ވަނީ އަންގާފައެވެ.