Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް އޮތީ ވަކި ގަވާއިދެއް، ބައްދަލެއް ނުކުރެވޭނެ: ފުލުހުން

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރައީސް ޔާމީން އާއި އެކު

ހައްޔަރުކޮށްފައިވާ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އޮތީ ވަކި ގަވާއިދެއް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވަކީލުން ހާމަކޮށްފިއެވެ.

ފަނޑިޔާރުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތިން ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް އެދުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ހިސާން މިފަދައިން ޓްވީޓް ކުރައްވާފައިވާ އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އާއިލާއިން ވަނީ އެމަނިކުފާނަށް ކާން ދެނީ ބަތާއި ގަރުދިޔަ އެއްކޮށްގެން ގެނެސް ބާލިދީއެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާން ބާއްވާފައި އޮންނަނީ ކުޑަ ގޮޅިއެއްގައި ކަމަށާއި ފަންކާއެއް ނެތްތާ ވަރަށް ވަސް ނުބައިކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ދެ ފުލުހުން ވެގެން ވީލް ޗެއާއެއްގައި ގެންދަނިކޮށް ފެނިފައިވާ ކަމަށް ވަކީލް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.