މާލެ އަތޮޅު މާފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ.
މާފުށީ ޕޮލިސް ސްޓޭޝަނުން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން ހައްޔަރުކުރި މީހާ މަސައްކަތް ކުރަމުންދިޔަ ލޯންޗު ބަލާ ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މިމައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.