ރައީސުލް ޖުމްހުރިއްޔާގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް އާއި ޕީޕީއެމްގެ ބައެއް އޮފިޝަލް ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑްކޮށްފިއެވެ.
ގްރައުންޑްވިއުސް ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރައި، ރާއްޖޭގެ ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Over the past couple of hours, these accounts have joined the previously noted trolls in trying to drown out critical updates from ground in the #maldives over the #MaldivesInCrisis hashtag. Shows intent, coupled with degree of planning & coordination. pic.twitter.com/hUKeWj7TGn
— Groundviews (@groundviews) February 13, 2018
މީގެ އިތުރުން #މޯލްޑީވްސްއިންކްރައިސަސް ގެ ހޭޝްޓެގް ބޭނުންކޮށްގެން ރާއްޖޭގެ އަތިރިމައްޗާއި ރިސޯޓުތަކާއި ހޮޓެލް ފަދަ ތަންތަނުގެ ފޮޓޯ ބޭނުންކުރަމުންދާ ކަމަށް ގްރައުންޑްވިއުސް ޓްވީޓުގައިވެއެވެ.
ޓްވިޓަރ އެކައުންޓް ސަސްޕެންޑު ކުރުމާއި ގުޅިގެން އަސުރުމާ އިން އާ އެކައުންޓެއް ހަދައި، އެ އެކައުންޓު ފޮލޯ ކުރުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ސަރުކާރާއި ރައީސް ޔާމީން ޓުވިޓާގައި ޕްރޮމޯޓު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ކޯޑިނޭޓަރުންގެ އަމިއްލަ އެކައުންޓުތައް ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
Cogent example of trolling a hashtag with censorious intent. Pro-Yameen account @AhmedNarysh is currently flooding #MaldivesInCrisis with images of beaches, hotels & resorts. Is effectively drowning out coverage of democratic crisis in the #maldives. pic.twitter.com/AYiV3N9hNv
— Groundviews (@groundviews) February 13, 2018
ގްރައުންޑްވިއުސް އަކީ 2006 ވަނަ އަހަރުން ފެށިގެން ސްރީލަންކާގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތެކެވެ.