Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކުރުވީ ހަަޖަމު ނުވެގެން: ޕީޕީއެމް

ރައީސުލް ޖުމްހުރިއްޔާގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް އާއި ޕީޕީއެމްގެ ބައެއް އޮފިޝަލް ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑްކޮށްފައިވަނީ އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުކުރެވިގެންކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ ތަރުޖަމާނު ކެލާ ދާއިރާގެ މެމްބަރ އަލީ އާރިފް ވިދާޅުވީ ހަމަނުޖެހުން އުފައްދަން އުޅޭ ބަޔަކަށް ހަޖަމު ނުކުރެވިގެން ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑް ކުރުވައިގެން އުޅެނީ ލަންކާ ކުންފުންޏެއް މެދުވެރިކޮށްކަމަށެވެ.

އާރިފް ވިދާޅުވީ ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑް ކުރީ ރާއްޖޭގެ ހަމަޖެހުން އޮތްކަން ބޭރުގެ ފަރާތްތަކަށް ހާމަކޮށްދެމުންދާތީ އެކަން ހުއްޓުވުމަށްކަމަށެވެ. އަދި އެގޮތަށް ބްލޮކު ކުރުމަކުން ނުހުއްޓޭނެކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ދުއިސައްތައެއްހާ އެކައުންޓް ސަސްޕެންޑް ކުރުމަކުން އަދި ހާސް ނުވާކަމަށާއި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އާ އެކައުންޓްތައް ހަދާނެކަމަށެވެ.

ގްރައުންޑްވިއުސް ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރައި، ރާއްޖޭގެ ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގެ އިތުރުން #މޯލްޑީވްސްއިންކްރައިސަސް ގެ ހޭޝްޓެގް ބޭނުންކޮށްގެން ރާއްޖޭގެ އަތިރިމައްޗާއި ރިސޯޓުތަކާއި ހޮޓެލް ފަދަ ތަންތަނުގެ ފޮޓޯ ބޭނުންކުރަމުންދާ ކަމަށް ގްރައުންޑްވިއުސް ޓްވީޓުގައިވެއެވެ.