ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ފޯނު ކޯލަށް ޖަވާބު ނުދެއްވިކަމަށް ބުނެ ކަމިޝްނާ އޮފް ޕޮލިސްގެ މަގާމުން ވަކިކުރެއްވި އަހުމަދު އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ މަގާމުން ވަކި ކުރެއްވި ދުވަހުން ފެށިގެންނެވެ.
އަރީފް ކަމިޝްނާ އޮފް ޕޮލިސްގެ މަގާމުން ވަކިކޮށްފައިވަނީ ސުޕުރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އަދި އޭގެ ފަހުން ކަމިޝްނާ އޮފް ޕޮލިސް މަގާމަށް ގެންނެވި އެސިސްޓެންޓް ކަމޝްނާ އޮފް ޕޮލިސް އަހުމަދު ސައުދީވެސް ވަނީ އެއް ދުވަސް ހަމަ ނުވަނީސް މަގާމުން ވަކިކޮށްފައެވެ.