Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އަދިވެސް މެޖޯރިޓީ އޮތީ ޕީޕީއެމްގަ: ނިހާން

ސުޕްރީމް ކޯޓުގެ އަމުރާއެކުގައި ވެސް މަޖިލީހުގެ އެއް ޕާޓީއެއްގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީޕީއެމް ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އަތުގައި ކަމަށް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

އެއާއެކު މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނަގާފައިވާ ކަމަށް އިދިކޮޅު ހަތަރު ޕާޓީން ވަނީ އެރޭ އިއުލާން ކޮށްފައެވެ.

ނަމަވެސް މިއަދު ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނިހާން ވިދާޅުވެފައިވަނީ މަޖިލިސް ގަވާއިދު ބުނާ ގޮތުގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ މެޖޯރިޓީ ޕާޓީ ކަމަށާއި އެޕާޓީގެ ލީޑަރަކީ މެޖޯރިޓީ ލީޑަރު ކަމަށެވެ. އެހެންކަމުން އެ ހައިސިއްޔަތުވެސް އޮތީ އެމަނިކުފާނު އަތުގައި ކަމަށް ނިހާން އިޝާރާތްކޮށްފައިވެއެވެ.