Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

މަޖްލިސް މެމްބަރުން މިއަދު ނެރުނީ އުފުލާލައިގެން ގޮސް ގޭޓު މަތިން

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު މަޖްލިސް އިދާރާތެރެއަށް ވަދެވަޑައިގަތުން ސިފައިން ވަނީ އުފުލާލައިގެން ގޮސް ގޭޓުން ބޭރަށް ބާލާފައެވެ.

އިދިކޮޅު މެމްބަރުން ބުނީ މިއަދު މަޖްލިސްގެ އިދާރާއަށް ދިޔަ އިރު އެތަނުގެ ގޭޓުގައި ސިފައިން ތަޅު އަޅުވައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި މަޖްލިސް ތެރެއަށް ވަދެވަޑައިގަތް މެމްބަރުން ހަތަރު ފަސް ސިފައިންވެގެން ވަނީ އުފުލާލައިގެން ގޮސް ގޭޓު މަތިން ބޭރަށް ލާފައެވެ.

މެމްބަރުން ބުނީ މަޖްލިސް އާއި ސުޕުރީމް ކޯޓު މިލިޓަރީގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށާއި ވެރިކަން މިގޮތަށް ނު ދެންމޭނެ ކަމަށެވެ.

އިއްޔެވެސް މެމްބަރުންތައް ވަނީ މަޖިލިސް އިދާރާއަށް ވަންނަން މަަސައްކަތްކޮށްފައެވެ. ނަމަވެސް ސިފައިން ވަނީ ދޮރުމަތީ ސަފު ހަދައިގެން މެމްބަރުންނަށް ހުރަސް އަޅާފައެވެ.