Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

މަހްލޫފު ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް ޗިޓު ފޮނުވައިފިއެވެ.

މަހްލޫފު ފުލުސް އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހަވީރު 3 ޖަހާއިރަށެވެ. މަހްލޫފު މިއަދު ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓާއި އެކު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފުލުސް އިދާރާއަށް ހާޒިރު ވާނީ ވަރަށް ކެރިގެން ހައްޔަރުކޮށް ޖަލަށް ލިޔަސް ފަހަތަށް ނުޖެހޭނެކަމަށެވެ. އަދި ވިދާޅުވެފައިވަނީ ބަލިކުރާނެކަމަށެވެ.

ފުލުހުން މަހްލޫފްއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގެ މައްސަލާގައި ސުވާލުކޮށް ބަޔާން ނެގުމަށްކަމަށެވެ.

މަހްލޫފު އަކީ މި ސަރުކާރުން 10 މަހަށް ޖަލަށް ލައި ޖަލު ހުކުމް ތަންފީޒުކޮށްފައިވާ ހިތްވަރުގަދަ ފަހުލަވާނެކެވެ.