Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ފަހަތުން އަރައި ރެއާލް މޮޅުވެ ހަމަޖެހުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު 1-3 އިން އަމިއްލަ ދަނޑުގައި ރެއާލް މޮޅުވެއްޖެއެވެ.

ރޮނާލްޑޯ ރެއާލް ޖާޒީގައި ޗެމްޕިއަންސް ލީގު 100 ވަނަ ގޯލު ކާމިޔާބު ކުރި މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕެރިހުންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ޕެރިހުގެ ރެބިއޯ މި ލަނޑު ޖަހައި ރެއާލަށް ހާސްކަން ކުރިމަތި ކޮށްފައިވި ނަމަވެސް 45 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ރެއާލަށް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 101 ވަނަ ގޯލުވެސް ރޭ ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ވަރަށް ފަހުކޮޅު ފެނިގެން ދިޔަ މިގޯލަށް ފަހަށް 86 ވަނަ މިނެޓުގައި މާސެލޯ ވަނީ ތިން ވަނަ ގޯލު ޖަހައި ރެއާލަށް ލީޑު ފުޅާކޮށްފައެވެ.

މިމެޗުގެ ދެވަނަ ލެގު ޕެރިހުގައި ކުޅޭއިރު އެޓީމަށް އެވޭ ގޯލެއްގެ ފައިދާ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.