Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

މަޖްލިސްއަށް ވަންނަން އުޅެނީ ކޮން ބައެއްތޯ ބަލަން ޖެހޭ: ނިހާނު

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރެއަށް ވަންނަން ކޮންމެ ދުވަހަކު މަސައްކަތް ކުރަނީ ކޮން ބައެއްތޯ ބަލަން ޖެހޭކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޅީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިފަދައިން ވިދާޅުވެފައިވަނީ މަޖްލިސްގެ އިދިކޮޅު މެމްބަރުންތައް ފާއިތުވި ދެ ދުވަހު މަޖްލިސް އިދާރާ ތެރެއަށް ވަންނަން ދިއުމުން ސިފައިން ހުރަސް އަޅާފައިވަނިކޮށެވެ.

ޕީޕީއެމްއިން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މަޖްލިސްގެ 12 މެމްބަރެއްގެ މައްސަލާގައި އަދިވެސް މުޅިން ސާފު ނުވާކަމަށެވެ. އަދި އެކަން އެހެން އޮތްވާ ކޮން ބައެއްކަން ނޭގޭ ބަޔަކަށް މަޖްލިސް އިދާރާތެރެއަށް ވަދެވިގެން ނުވާނެކަމަށެވެ.

ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅުނު 12 މެމްބަރުންގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމި ނަމަވެސް ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށެވެ. އަދި މަޖްލިސްގެ ކުރީގެ އަމީން އާއްމު ވަނީ ސުޕުރީމް ކޯޓު އަމުރާއި އެއްގޮތަށް މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީސް ނުހުޅިވައި ދިގުލައިގެންދާތީ ކޮންމެ ދުވަހަކުހެން އިދިކޮޅު މެމްބަރުން ދަނީ މަޖްލިސް އިދާރާ ދޮށައް އެއްވަމުންނެވެ. އެގޮތުން އިއްޔެ މަޖްލިސް އިދާރާތެރެއަށް ވެންނެވި މެމްބަރުން ވަނީ އުފުލާލައިގެން ގެނެސް ގޭޓު މަތިން ބޭރުކޮށްލާފައެވެ.