Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޕާޓީން މަޖްބޫރު ކުރުމުން ސައުތު އެފްރިކާގެ ރައީސް ކަމުން ޒޫމާ އިސްތިއުފާ ދެއްވައިފި

އިމިއްލަ ޕާޓީ "އެފްރިކަން ނެޝަނަލް ކޮންގްރެސް" (އޭއެންސީ) އިން މަޖްބޫރުކޮށް 48 ގަޑި އިރުގެ މުހުލަތެއް ދިނުމާއި އެކު ސައުތު އެފްރިކާގެ ރައީސް ކަމުން ޖޜކޮބް ޒޫމާ އިސްތިއުފާ ދެއްވައިފިއެވެ.

އޭއެންސީން ވަނީ ޒޫމާ އިސްތިއުފާ ނުދެއްވައިފި ނަމަ ޕާލިމެންޓް މެދުވެރިކޮށް މަގާމުން އަޒަލު ކުރުވާނެކަން ހާމަކޮށްފައެވެ.

ޒޫމާ އިސްތިއުފާ ދެއްވާފައިވަނީ ނޫސްވެެރިންގެ ހާޒިރުގައި ގައުމާއި މުޙާޠަބުކޮށް ދެއްވި ތަގްރީރުގައެވެ. 2009 ވަނަ އަހަރު ރައީސްކަމުގެ ހުވާ ކުރެއްްވި ޒޫމާ ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ އޭއެންސީ ތެރޭގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދިދާނެތީ ކަމަށެވެ.

އަދި ޕާޓީގެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށާއި ކުރިމަގުގައި ޕާޓީއަށް ހިދްމަތް ކުރުމުގައި ދެމި ހުންނަވާނެކަމަށެވެ. މީގެ އިތުރުން ވެސް ޒޫމާ ވިދާޅުވީ ގައުމު ބައިބައިވެ ލޭ އޮހުރުމަކަށް ޖާގަ ދެއްވަން ބޭނުން ފުޅު ނުވާކަމަށެވެ.

ޒޫމާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެން އެގައުމުގެ ރައީސް ކަމާއި ހަވާލުވެވަޑައިގަންނަވާނީ ނައިބް ރައީސް ސީރިލް ރަމަފޯސާ އެވެ