Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

މައުމޫން އަނެއްކާވެސް ދޫނިދޫއަށް ބަދަލުކޮށްފި

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލުން އަނެއްކާވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.

މައުމޫން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ މިމަހުގެ އަށްވަނަ ދުވަހު ދޫނިދޫއިން މާފުއްޓަށް ބަދަލުކޮށްފައިވަނިކޮށެވެ. އަދި ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ވަނީ އިއްޔެ މައުމޫނަށް ޖަލުގައި ޒިޔާރަތްވެސް ކޮށްފައެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށްވެސް ޖަލުގައި މިނިސްޓަރު މުއިއްޒު ވަނީ ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް މައުމޫން ވިދާޅުވެފައިވަނީ އެއީ އިޚުލާސްތެރިކަމާއެކު ކުރި ދަތުރެއް ނޫން ކަމަށާއި ކަން ދެއްކުމަށް ކުރި ދަތުރެއް ކަމަށެވެ.