Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޓުވީޓު ކުރުމުން މަހްލޫފް ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ އަމިއްލަ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ކުރި ޓުވީޓުތަކަކާ ގުޅިގެން އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މަހޭ ހާޒިރުކުރުމަށް އަންގާފައިވަނީ މިއަދުވެސް ޓުވީޓަކާ ގުޅިގެން ހާޒިރުކޮށްފައިވަނިކޮށެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު އޭނާ ކުރި ޓުވީޓަކާ ގުޅިގެން މިއަދު މެންދުރު ފުލުހަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފައެވެ.

އަނެއްކާވެސް އިތުރު ދެ ޓުވީޓަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް މާދަމާގެ ދެ ގަޑިއެއްގައި ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވެއެވެ.

މަހޭ ވިދާޅުވެފައިވަނީ މިއީ އޭނާ މާދަމާ އޮތް މުޒާހަރާއަށް ނުދެވޭނެ ގޮތަށް ކުރި ކަމެއް ކަމަށެވެ. ސޯޝަލް މީޑިޔާގައި މިދުވަސްކޮޅު އިދިކޮޅު ފަރާތްތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި ބޭފުޅަކީ ވެސް މަހްލޫފެވެ.