Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ރީތި ބީޗްގެ ކުނި އުފުލާ ދޯނީގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

ރީތި ބީޗްގެ ކުނި އުފުލާ ދޯނީގައި ރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ދެ ބީދޭސީ އަކާއި ދިވެއްސަކު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކޮކޯ ބޮޑު ހިތި ރިޒޯޓުގެ ހަ މޭލު ބޭރުގައި އޮތް ރީތި ބީޗް ރިޒޯޓުގެ ދޯންޏެއްގައި އަލިފާން ރޯވުމާއި ގުޅިގެން ފަޔާ ރެސްކިއު ޓީމް ހަރަކާތްތެރިވި ކަމަށެވެ. އަދި މިހާރު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ….